logo
banner image

އޮސްޓްރޭލިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގަތުން

އޮސްޓްރޭލިއާ ދުވަސް ސް 2025 ފާހަގަކުރުމަށް އޮސްޓްރޭލިއާ ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ޙަފްލާގައި މިނިސްޓަރ ތާރިޤް އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޙަފްލާގައި މިނިސްޓަރ ޠާރިޤް އިބްރާހީމްގެ އިތުރުން މި ޙަފްލާގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ޑިޕްލޮމެޓިކް ކޯގެ މެމްބަރުން އަދި އޮސްޓްރޭލިއާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވިއެވެ.

ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގާތް ގުޅުމަށް އުފާކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ޘަޤާފީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އޮސްޓްރޭލިއާ ހައި ކޮމިޝަނަރު ވެސް ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ގެންގުޅުއްވާ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ތަޢުލީމާއި، ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ޙަފްލާގައި އޮސްޓްރޭލިއާގެ ޘަޤާފަތް ދައްކުވައިދޭ ތަފާތު ޙަރަކާތްތަކެއް ހިންގުނެވެ. އަދި ޙަފްލާގެ ބައިވެރިންނަށް އޮސްޓްރޭލިއާގެ ޚާއްޞަ ކާނާ ތައްޔާރުކޮށް ފޯރުކޮށްދެވުނެވެ.