ވަޒީފާގެ ފުރުސަތު: މޮނިޓަރިންގ އެންޑް އިވަލުއޭޝަން އޮފިސަރ
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގެ އެހީގައި ދިވެހި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ހަކަތައިގެ ޒަރީއާއިން މީހުންގެ ދިރިއުޅުމަށް އެހީތެރިވުމުގެ މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި 200 އަށްވުރެ ގިނަ މަސްދޯނި އަޕްގްރޭޑްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ ފައިދާ އިތުރުކުރުމަށާއި، މަހުގެ ފެންވަރު ރަނގަޅުކުރުމަށާއި، އަދި މަސް ހަލާކުވެ ގެއްލޭ މިންވަރު މަދުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި އާލާތްތަކަށް ވާސިލުވުމަށް މަގުފަހިކޮށްދީ އެކަން ކުރިއެރުވުމެވެ. މި މަޝްރޫޢުގެ ޙަރަކާތްތައް ހިންގައި އޭގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް ވަނީ ޤާއިމްކުރެވިފައެވެ. ޕީ.އެމް.ޔޫ ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ބޭނުންވަނީ މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރެއްގެ (ލޯކަލް) ޚިދުމަތް ހޯދުމަށެވެ. މަސައްކަތުގެ ދާއިރާ، ބޭނުންވާ ތަޖުރިބާއާއި ޤާބިލުކަން، އަދި މުސާރައާއި ޢިނާޔަތްތައް
އިތުރު ތަފްޞީލަށް ޓާރމްސް އޮފް ރެފަރެންސް ބައްލަވާ
ކޮންޓްރެކްޓްގެ މުއްދަތު
މިއީ 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ. ކޮންޓްރެކްޓްގައި ސޮއިކުރާ ދުވަހުން ފެށިގެން ފުރަތަމަ 3 މަސްދުވަހަކީ ޕްރޮބޭޝަން މުއްދަތެވެ. މަސައްކަތުގެ ފެންވަރާއި، ބޭނުންތެރިކަމާއި، އަދި ފަންޑިންގ ލިބޭ މިންވަރަށް ބަލައި ކޮންޓްރެކްޓް އައުކުރެވޭނެއެވެ. މި ކޮންޓްރެކްޓް ފެށޭނެކަމަށް ލަފާކުރެވެނީ ޖަނަވަރީ 2025 ގައެވެ.
ވަޒީފާގެ ފުރުސަތު : މޮނިޓަރިންގ އެންޑް އިވަލުއޭޝަން އޮފިސަރ
ރެފަރެންސް ނަންބަރު - (IUL)30-SEP/30/2024/185
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
ޝައުޤުވެރިވާ ފަރާތްތަކުން މި ޓީ.އޯ.އާރްއާ އެއްގޮތަށް އެފަރާތްތަކުގެ ޤާބިލުކަމާއި، ތަޖުރިބާ އަދި އެކަށީގެންވާ މިންވަރު ދައްކުވައިދިނުމަށްޓަކައި ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ:
1. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ސިޓީ
2. ތަޢުލީމީ ސެޓްފިކެޓްތައް
3. މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްދޭ ލިޔުންތައް
4. މިފަދަ މަސައްކަތްތަކުގެ ތަޖުރިބާ ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ވަނަވަރު (ސީވީ)
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން އޮފީސް ގަޑީގައި (ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް) ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ފޯނު: 3322625 960+
ފެކްސް: 3326558 960+
އީމެއިލް: [email protected]
އެޕްލިކޭޝަންތައް މަތީގައިވާ އެޑްރެހަށް (އީމެއިލް މެދުވެރިކޮށް) ލިޔުމުން ހުށަހަޅަންވާނީ 23 ޑިސެމްބަރ 2024 ވާ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ.