ވަޒީފާގެ ފުރުސަތު: ރިސާރޗް އެސިސްޓެންޓް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މެދުވެރިކޮށް ވޯލްޑް ބޭންކުގެ މާލީ އެހީގައި "މޯލްޑިވްސް - ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ކުރިއަށް ގެންދަނީއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ދެކުނު-ހުޅަނގު އިންޑިއާ ކަނޑު ސަރަޙައްދުގައި ހެކިތަކުގެ މައްޗަށް ބިނާކޮށް ސަރަޙައްދީ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމާއި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމެވެ.
މި މަޝްރޫޢުގެ ބައެއްގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ރިސާރޗް އެސިސްޓަންޓްގެ މަޤާމަށް ފަރުދެއް ހޯދުމަށް ބޭނުންވެއެވެ. ޚިދުމަތުގެ ދާއިރާ، ބޭނުންވާ ތަޖުރިބާއާއި ޤާބިލުކަން، އަދި މުސާރަ ޝަރުޠުތަކާއި، މަސައްކަތުގެ ދާއިރާ، މުސާރަ އަދި މަސައްކަތުގެ މުއްދަތާ ބެހޭ ތަފްޞީލު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ހިމެނިފައިވާނެއެވެ.
ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް މެދުވެރިކޮށް 8 ޑިސެމްބަރ 2024 (އާދީއްތަ) ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަންވާނެއެވެ.ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
• ޝައުޤުވެރިކަން ފާޅުކުރާ ސިޓީ
• ވަނަވަރު (ސީވީ)
• ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު/ޕާސްޕޯޓުގެ ކޮޕީ
• ތަޢުލީމީ ސަނަދުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީތައް
• ވަޒީފާ އަދާކުރި/އަދާކުރަމުންދާ ތަންތަނުން ދީފައިވާ ލިޔުންތަކުގެ ކޮޕީ
ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމުން ނުވަތަ 3033484 އަށް ގުޅުއްވުމުން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ވަޒީފާގެ ފުރުސަތު : ރިސާރޗް އެސިސްޓެންޓް
ރެފަރެންސް ނަންބަރު - (IUL)30-TFSM/30/2024/181