ވަޒީފާގެ ފުރުސަތު : ފިޝަރީ އެސިސްޓެންޓް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މެދުވެރިކޮށް، ވޯލްޑް ބޭންކުގެ ފައިނޭންސިންގ އާއެކު "މޯލްޑިވްސް - ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ތަންފީޒު ކުރަމުން ގެންދެއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ދެކުނު-ހުޅަނގު އިންޑިއާ ކަނޑު ސަރަޙައްދުގައި ސަރަޙައްދީ، ހެކީގެ މައްޗަށް ބިނާކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމެވެ.
މި މަޝްރޫޢުގެ ބައެއްގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މަސްވެރިކަމުގެ އެހީތެރިޔާގެ މަޤާމަށް 04 ފަރާތެއް ކޮންޓްރެކްޓް ކުރުމަށް ބޭނުންވެއެވެ.
ޚިދުމަތުގެ ދާއިރާ، ބޭނުންވާ ތަޖުރިބާއާއި ޤާބިލުކަން، އަދި މުސާރަ ޝަރުޠުތަކާއި، މަސައްކަތުގެ ދާއިރާ، މުސާރަ އަދި މަސައްކަތުގެ މުއްދަތުގެ ތަފްޞީލު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ހިމެނިފައިވާނެއެވެ.
ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް މެދުވެރިކޮށް 10 ޑިސެމްބަރ 2024 (އަންގާރަ) ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަންވާނެއެވެ.
ވަޒީފާގެ ފުރުސަތު - ފިޝަރީ އެސިސްޓެންޓް
ރެފަރެންސް ނަންބަރު - (IUL)30-TFSM/30/2024/182
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
• ޝައުޤުވެރިކަން ފާޅުކުރާ ސިޓީ
• ވަނަވަރު (ސީވީ)
• ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު/ޕާސްޕޯޓުގެ ކޮޕީ
• ތަޢުލީމީ ސަނަދުތަކުގެ އެކްރެޑިޓް ކުރެވިފައިވާ ކޮޕީ
• ވަޒީފާ އަދާކުރި/އަދާކުރަމުންދާ ތަންތަނުން ދީފައިވާ ލިޔުންތަކުގެ ކޮޕީ
ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމުން ނުވަތަ 3033484 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.