logo
banner image

ދައުލަތަށް ގެއްލުންވާ ގޮތަށް އެއްވެސް އެއްބަސްވުމެއް މިސަރުކާރުން ނުހަދާނެ: ބަންޑާރަނައިބު އުޝާމް

ދައުލަތަށް ގެއްލުންވާ ގޮތަށް އެއްވެސް އެއްބަސްވުމެއް މިސަރުކާރުން ނުހަދާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީީޑިއާ ޕީއެސްއެމްގެ "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ މިސަރުކާރުން ވެރިކަމާ ޙަވާލުވުމަށްފަހު، ގިނަ އެއްބަސްވުންތަކެއް ރިވިއުކޮށް، ބަދަލުތައް ގެނެވިފައިވާކަމަށެވެ.

ބަންޑާރަނައިބު އުޝާމް ވިދާޅުވި ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް އެއްބަސްވުންތައް އެކުލަވައިލުމަކީ އެމަނިކުފާނު ބަންޑާރަނައިބުގެ މަޤާމާ ޙަވާލުވިފަހުން ވަރަށް އިސްކަމެއްދެއްވައިގެން ކުރައްވަމުންގެންދަވާ ކަމެއްކަމުގައެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނުގެއްލޭ ގޮތަށް އަދި ދައުލަތަށް ގެއްލުން ނުވާ ގޮތަށް އެއްބަސްވުންތައް ޤާއިމްކުރެވެމުންދާކަން މިހާރު ކަށަރުކުރައްވާ ކަމަށްވެސް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.

މިވޭތުވެދިޔަ އެއް އަހަރު ދުވަސްތެރޭގައި އެކިއެކި ފަރާތްތަކާއި އެކީގައި ވެފައިވާ އެއްބަސްވުންތަކުގައި، މީގެ ކުރިން ހުރި ފަދަ ދައުލަތަށް ގެއްލުންވާ ކަންކަން ނުހުންނާނެ ކަމުގެ ޔަޤީންކަންވެސް ބަންޑާރަނައިބު އުޝާމް ދެއްވިއެވެ.