52 ހަފްތާ: ހއ. އިހަވަންދޫ، މ. މުލައް އަދި ސ. ހުޅުމީދޫގައި ޖުމްލަ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖް
ހއ އަތޮޅުގެ މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން އެ އަތޮޅު އިހަވަންދޫގައި ބްރައިން ފްރީޒިންގްއާއިއެކު 1000 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖް އެޅުމަށްވަނީ ނިންމާފައެވެ. މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްއިން ފައިސާ ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މުލަކަތޮޅުގެ މަސްވެރިންނަށް މަސް ކިރުވުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމުގެ މަސައްކަތް ވަނީ ސައުދީގެ އާރް އޯ އެސް ފޮރ ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގ ކުންފުންޏާއި އެކު އެގްރިމެންޓްގައި ސޮއިކޮށްފައެވެ. މި ފެސިލިޓީ އަކީ ދުވާލަކު 50 ޓަނުގެ މަސް ބްރައިން ފްރީޒް ކުރެވޭ ކެޕޭސިޓީއާއެކު އަޅާ ފެސިލިޓީއެކެވެ.
މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހ ބެހޭ ވުޒާރާއާއި ސައުދީ އަރަބިއްޔާގެ އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކޮމްޕެނީއާ ދެމެދުގައެވެ.
28 އޮކްޓޯބަރ 2024 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ސްޓޯރޭޖްގެ ޑިޒައިނިންގ މަސައްކަތާއެކު މި ފެސިލިޓީ އަޅައި ނިންމުމަށް 300 ދުވަސް ދެވިފައިވެއެވެ. މުޅި މަޝްރޫޢަށް 5.188 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި އައްޑޫ ސިޓީ ހުޅުމީދޫގައި އިތުރު 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން އައްޑޫ ސިޓީގެ މަސްވެރިންނަށް މަސް ކިރުވުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.