logo
banner image
ތަޢުލީމީ ވުޒާރާ

2025 ވަނަ އަހަރުގެ މޭ/ޖޫންގެ އޯލެވެލް އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަނަށް ހުޅުވާލައިފި

2025 ވަނަ އަހަރުގެ މޭ/ޖޫން ކޭމްބްރިޖް އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަނަށް ހުޅުވާލައިފިއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 އެވެ.

އެޕްލިކޭޝަން ފޯމް, ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ކައުންޓަރުންނާއި ( ހ.އަޝްރަފީ ވިލާ، ދެވަނަ ފަންގިފިލާ. މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް ފޯމް ހުށަހަޅުއްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ.

ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:30 އިން 13:30 އަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އިރު، މި އެޕްލިކޭޝަންތަކަށް ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކެވެ. އަދި ފޯމް ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ހިފައިގެން ވަޑައިގެންނެވުން އެދެމެވެ.