މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބްއާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރް ތިލަމާލެ ބްރިޖު މަޝްރޫޢުގެ ސައިޓަށް ޒިޔާރަތްކުރައްވައިފި
އެންމެ ފަހުން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިނިސްޓަރ ވަނީ ތިލަމާލެ ބްރިޖު މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތާއި މިމަޝްރޫޢުގެ މަސައްކަތް ނިމޭނެ ތާރީޚްވެސް މީޑިއާތަކާއި ޙިއްސާކުރައްވާފައެވެ . އެގޮތުން އަނެއްކާވެސް މަސައްކަތް ހިނގަމުންދާ ގޮތާއި , ނިމިފައިހުރި މަރުހަލާތަށް ބެއްލެވުމަށް މިއަދު މިނިސްޓަރާއި , އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރާއިއެކު, ހައިކޮމިޝަންގެ އިސް ބޭފުޅުނާއި , މިނިސްޓްރީގެ އިސްވެރިން އަދި ޓެކްނިކަލްޓީމް ބައިވެރިވެލެއްވިއެވެ. މި ޒިޔާރަތުގައި އެންމެ އިސްކޮށް މި މަޝްރޫޢުގެ މަސައްކަތްތަކާއި ބެހޭ ފަހުގެ މައުލޫމާތު ދެއްވުމަށް ހުންނެވީ ޕްރޮޖެކްޓްގެ ކޮންސަލްޓަންޓްއާއި ކޮންޓްރެކްޓަރ އެފްކޮންސްގެ ރެޕްރެޒެންޓޭޓިވްއެވެ.
އޭގެތެރެއިން އަދާހަމައަށް ނިމިފައިވާ މަރުހަލާތަކަށްބަލާއިރު :
• މުޅި މަޝްރޫޢުގެ %38.88 މަސައްކަތް ވަނީ ނިމިފައި
• މި މަޝްރޫޢުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ ޕައިލިންގެ %66 ވަނީ ނިމިފައި
• އޭގެތެރެއިން ޕައިލް ކެޕްގެ %46 މަސައްކަތާއި ޕިއަރ ކޮލަމްންސްގެ %48 ވަނީ ނިމިފައި
• މަޝްރޫޢުގެ ޑެކްއަށް ބޭނުންވާ ޕްރީކާސްޓް ސެގްމަންޓްސްގެ %31 ކާސްޓްކޮށް ވަނީ ނިމިފައި.
• މިހާތަނަށް ވިލިމާލޭގައި ވިހި ސެގްމަންޓްވަނީ ލޯންޗް ކުރެފައި
• މި މަޝްރޫޢުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައިވަނީ މާލެއިން ގުޅިފަޅަށް, 31 މާރިޗު 2026 އަދި ގުޅީފަޅުން ތިލަފުއްޓަށް
30 ސެޕްޓެމްބަރ 2026 އަށް
މި ޒިޔާރަތުގެތެރެއިން ދެނެގަނެވުނު ކަންކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މި މަޝްރޫޢުގެ މަސައްކަތްތަށް ކުރިޔަށްދާ ބާރުމިނާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށާއި އިންޑިއާ ސަރުކާރާއި އެމްބަސީއާއި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރިޔަށް ގެންދެވޭކަންވަނީ ފާހަގަކުރައްވާފައެވެ. ހަމަމިއާއެކު އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރުވެސްވަނީ މި މަޝްރޫޢު ކުރިޔަށްދާގޮތް ބައްލަވާ މަސައްކަތްތަކާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.