logo
banner image

ޓްރާންސްފޯމިންގ ޓުމޯރޯ" ވަޒީރު ސައީދު އިފްތިތާހު ކޮށްދެއްވައިފި

ހުޅުމާލޭގައި ބޭއްވުނު "ޓްރާންސްފޯމިންގ ޓުމޯރޯ" ރަސްމިއްޔާތު ޢިޤްތިޞާދާ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އިފްތިތާހު ކޮށްދެއްވަފިއެވެ. 

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވަނީ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ ގިނަ އަދަދަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ފައިސާ އެކުލަވާލާފައިވާކަން ފާހަގަކުރައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި އަންނަ އަހަރު ގާތްގަނޑަކަށް 7 އިންސައްތައާ ގާތް ކުރާ އަދަދަކަށް ރާއްޖޭގެ އިޤްތިސާދު ކުރިއަރައިގެންދާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ކުރިއަށްގެންދެވޭ މި މަޝްރޫޢުތަކުގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. މިގޮތުން އެޗްޑީސީގެ މަޤްސަދަކީ އުފުލިފައިވާ ހުދޫދުތަކުގެ އެތައް ދުރަކަށް ގޮސް، ފެންވަރު ރަނގަޅު ދިރިއުޅުމަކަށާއި، އިޤްތިޞާދީ ކުރިއެރުމަށާއި، އަދި ތިމާވެށްޓާއި ތަރިކައާ ގުޅިފައިވާ މުޖުތަމަޢުތަކެއް ބިނާކުރުމެވެ.