2025 ވަނަ އަހަރު ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 އަށް ވަނުމަށް ފޯމް ހުށަހެޅުމަށް ބާކީ 3 ދުވަސް!
2025 ވަނަ ދިރާސީ އަހަރު ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމުގެ މުއްދަތު ހަމަވުމުގެ ކުރިން ފޯމް ހުށަހެޅުއްވުމަށް މިނިސްޓްރީ އިން އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީއިން މިއަދު ބުނެފައިވާ ގޮތުގައި މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައިވާ މުއްދަތުގައި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ފޯމް ހުށަހަޅާފައެވެ. އެހެން ނަމަވެސް، ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާން ބާކީ 3 ދުވަހަށް ވެފައިވާއިރު، މަދު އަދަދެއްގެ ދަރިވަރުންގެ އެޕްލިކޭޝަން ފޯމްތައް ލިބިފައިނުވާކަމަށް މިނިސްޓްރީއިން ބުނެއެވެ.
ފޯމް ހުށަހެޅުމުގެ ދެވަނަ ފުރުޞަތަކަށް ހުޅުވާލަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ކުދިންނަށް ޖާގަ ދެވޭނީ ފުރަތަމަ ފޯމް ހުށަހެޅި ކުދިންނަށް ޖާގަދިނުމަށް ފަހުގައެވެ. މި ހާލަތުގައި އެ ކުދިންނާ އެއް ޢާއިލާއެއްގެ ކުދިން އުޅޭ ސްކޫލުތަކުން ޖާގަ ނުލިބުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
އެހެންކަމުން، ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، މާލޭ ސްކޫލުތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ވައްދަން ޖެހޭ ބެލެނިވެރީން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުއްވުމަށް މިނިސްޓްރީއިން އިލްތިމާސްކުރައްވައެވެ.
ފޯމް ހުށަހެޅުމުގެ ސުންގަޑި: 15 ނޮވެންބަރު 2024
ފޯމް ހުށަހެޅުމުގެ ލިންކް: https://myoffice.moe.gov.mv/forms/id/2