އެމް.އެން.ޔޫ އިން ގްރަޖުއޭޓްވި ޑޮކްޓަރުންނާ މިިނިސްޓަރ ބައްދަލުކުރައްވައިފި
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ދަސްވެނިވި ފުރަތަމަ ޑޮކްޓަރުންނާއި މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފި އެވެ.
މިނިސްޓްރީ އޮފް ހެލްތުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އަބުދުﷲ ނާޒިމް ބްރާހީމް ވަނީ ހުރިހާ ޑޮކްޓަރުންނަށް މަރުޙަބާ ދަންނަވާފައެވެ.
މިނިސްޓަރ ވަނީ ދަސްވެނިވި ހުރިހާ ދަރިވަރުން ގެ ފަރާތުން މުޖުތަމަޢަށް ފައިދާ ހުރި އިޖުތިމާޢީ މަސައްކަތެއް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ޤައުމަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކާނެ ފަދަ ޑޮކްޓަރުންނަށް ވުމަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ޞިއްހީ ދާއިރާއަށް ދިވެހި ޑޮކްޓަރުން ގެ މުހިންމުކަން ފާހަގަކުރައްވާ ޚާއްޞަކޮށް އަތޮޅުތަކުގެ ޞިއްޚީ ހާލަތު ރަނގަޅުކުރުމަށް ދިވެހި ޑޮކްޓަރުން ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ޚާއްޞަކޮށް އާއްމުންގެ އިތުބާރު، ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
އެހެން ކަމުން ހުިހާ ޑޮކްޓަރުންވެސް ޝަޢުޣުވެރިވާ ދާއިރާއަކުން ސްޕެޝަލައިޒް ވުމުގެ ވިސްނުން ގެންގުޅުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.
ޑޮކްޓަރުންގެ ފާރާތުން ވަނީ ޔުނިވަރސިޓީގައި ކިޔެވި ދުވަސްވަރުގެ ތަޖުިރބާ ހިއްސާކުރައްވާ ކޯހުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރުމަށް ޔުނިވަރސިޓީން ކުރެއްވި މަސައކަތް ފާހަގަކުރައްވާފައެވެ.
ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގ ގެ ފުރަތަމަ ބެޗް ގެ 21 ދަރިވަރުން ވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ގްރަޖުއޭޓް ވެފައެވެ.
މިއަދުގެ މި ބައްދަލުވމުގައި މިނިސްޓްރީގެ އިސްމުވައްޒަފުންގެ އިތުރުން، ސްކޫލް އޮފް މެޑިސިން ގެ ޑީން، ޑރ. ޝީޒާ އަލީ ބައިވެރިވަޑައިގެންނެވި އެވެ.
އެމް.އެން.ޔޫ އިން ގްރަޖުއޭޓްވި ހުރިހާ ދަރިވަރުން މިހާރު ދަނީ އައި.ޖީ.އެމް.އެޗް ގައި އެއް އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަކުރަމުންނެވެ.