މެލޭޝިއާގެ ވަންގްސަ މަޖޫ އިމިގްރޭޝަންގެ އިސްވެރިންނާ، ޑެޕިޔުޓީ ހައިކޮމިޝަނަރ ޝާޒް ބައްދަލުކުރައްވައިފި
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގޭ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ އިބްރާހިމް ޝާޒް ހަބީބް މެލޭޝިއާގެ ވަންގްސަ މާޖޫ އިމިގްރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހި ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ބޭނުންވާ ވިސާގެ ގެ ކަންކަން ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނެވެ.
އަދި ވިސާގެ ކަންކަމުގައި އިމިގްރޭޝަންގެ މަސައްކަތްތަކަށް ހައިކޮމިޝަންގެ ފަރާތުން އެއްބާރުލުން ދެވިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނެވެ.