ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއް ; ވަޒީރު އާދަމް ޝަރީފު ޢުމަރު
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއް ; ވަޒީރު އާދަމް ޝަރީފު ޢުމަރު
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަކީ ރަޢީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައި ވަނީ 160 އަށް ވުރެ ގިނަ ކައުންސިލާ ބައްދަލުކުރައްވާ ކައުންސިލްތަކުގެ އަޑު އެއްސެވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަކީ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަމުގައެވެ. އަދިހަމައެހެންމެ ކުރިއަށް އޮތް ދެ އަހަރުތެރޭ 120 އަށް ވުރެ ގިނަ ކައުންސިލް އިދާރާ އަޅުއްވާނެ ކަމަށް ވެސް ވަޒީރު އާދަމް ޝަރީފު ޢުމަރު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރު ކުރެއްވި އެކްސް ޕޯސްޓްގައި ކައުންސިލުތަކަށް ނިކަމެތިކަން ލިބޭނެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނުކުރައްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނަށް އޮތް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އަދި 2025 ވަނަ އަހަރު ވެސް ޤާނޫނާ އެއް ގޮތަށް ކައުންސިލްތަކަށް ބަޖެޓް ލިބިލައްވާނެ ކަމަށް މިއަދުވެސް ރައީސުލްޖުމްހޫރިއް ވިދާޅުވި ކަމަށާ، އެ ކަމަށް ޓަކައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޝުކުރުއަދާކުރައްވާ ކަމަށް ވަޒީރު ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައި ވެއެވެ.