logo
banner image

ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސާއެކު ރާއްޖޭގެ އިޤްތިޞާދުގެ ކުރިމަގަށް އުންމީދުތަކެއް

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކިންގ ލައިސަންސް ވޭތުވެދިޔަ ހަފްތާގައި ވަނީ ޙަވާލުކޮށްފައެވެ. މި ލައިސަންސާއި ހަވާލުވެލެއްވީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދެވެ. މި ކާމިޔާބީއަކީ ޤައުމުގެ މާލީ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މި ބޭންކުގެ ސަބަބުން އިޤްތިޞާދީ ފުރުޞަތުތަކާއި ކުރިއެރުން އިތުރުވެ، ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވެ، ދިވެހިރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ފުޅާވެގެން ދިއުމަށް މަގުފަހިވާނެއެވެ.

މި ތާރީޚީ ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގައި ބަޔާންކޮށްފައިވާ އިޤްތިޞާދީ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ދެމެހެއްޓެނިވި ތަރައްޤީއަށް ހިންގޭ ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމަށް އެޅުުހު މުހިންމު ފިޔަވަޅެކެވެ. މިކަމުން ދައްކުވައިދެނީ މުޅި ޤައުމުގެ އިޤްތިޞާދީ ކުރިއެރުމާއި އިޤްތިސާދީ އައު ޙަރަކާތްތަކަށް މަގުކޮށައިިދިނުމާއި، އީޖާދީ ވިސްނުމަށް މަގުފަހިކޮށްދޭ ހަރުދަނާ މާލީ މާޙައުލެއް އުފެއްދުމަށް ސަރުކާރުން ކުރާ މަސައްކަތެވެ.