logo
banner image

ވޭޕްކުރުން މަނާކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީވަރަށް ހިކުމަތްތެރި މުހިންމު ނިންމެވުމެއް: ވަޒީރު އާދަމް ޝަރީފު

ވޭޕްކުރުން މަނާކުރުމަށް ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ރާއްޖޭގެ މުސްތަގްބަލް ސަލާމަތްކުރެއްވުމަށް އެޅުއްވި ވަރަށް ހިކުމަތްތެރި ނިންމެވުމެއް ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގެވުމާއި އާއްމު މަސައްކަތަކާއި ބެހޭވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ރައީސްގެ ނިންމެވުމުގެ ސަބަބުން އޭގެ އަގު މުޅިދިވެހިގައުމަށް ވަޒަންކުރެވޭނެ ނިންމެވުމެއް ކަމުގައި ވިދާޅުވިއެވެ.

އަދި އެނިންމުމަކީ ގައުމު ފަހުރުވެރި ވާނެ ނިންމެވުމެއްކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.