ވިޔަފާރިއާއި އިޤްތިޞާދީ އެއްބާރުލުމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
ވިޔަފާރިއާއި އިޤްތިޞާދީ އެއްބާރުލުމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުން ސޮއިކުރައްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިހާރު ސަޢޫދީޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. އަދި ސަޢޫދީޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮމާސް އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް ބޯޑްގެ ޗެއާރމަން، ޑރ. މާޖިދު ބިން ޢަބްދުﷲ އަލްޤަސަބީއެވެ.