logo
banner image

މިފްކޯގެ ރަށްރަށުގައި ދަނޑުވެރިކަން އާލާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިފްކޯގެ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ ރަށްރަށުގައި، މިފްކޯގެ ބޭނުންތަކަށް، ދެމެހެއްޓެނިވި ގޮތެއްގައި، ދަނޑުވެރިކަމުގެ އުފެއްދުންތައް އާލާކުރުމާ ގުޅޭގޮތުން މިނިސްޓްރީގެ އިސްބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާ އަދި މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މިފްކޯގެ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ ރަށްރަށުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ.