logo
banner image

ލައިފް ސްކިލްސް ސެޝަނެއް މިމަހު 28 ވަނަ ދުވަހު ބާއްވަނީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ލައިފް ސްކިލްސް ސެޝަނެއް މިމަހު 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 17:00އަށެވެ.

އުމުރުން 18 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް މި ސެޝަންގައި ބައިވެރިވެވޭނެއެވެ.

މި ސެޝަންގައި ބައިވެރިވުމަށް 7925704އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.