logo
banner image

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ލީގަލް ޑިޕާޓްމަންޓުން ހދ. ކުޅުދުއްފުށީ އެފް.ސީ.އެސް.ސީގެ މުވައްޒަފުންނަށް ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ތަމްރީނު ސެޝަންތަކެއް ނަގައިދީފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ލީގަލް ޑިޕާޓްމަންޓުން ހދ. ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސް ސެންޓަރ (އެފް.ސީ.އެސް.ސީ) އަށް ޒިޔާރަތްކޮށް، އެ ސެންޓަރުގެ މުވައްޒަފުންނަށް ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންތަކުގައި އަލިއަޅުވާލާފައިވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު، ޢާއިލާއާ ބެހޭ ޤާނޫނު އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ފަދަ ޤާނޫނުތަކަށެވެ. އެއާއެކު، މި ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އިޖުރާޢަތުތަކަށްވެސް މި ތަމްރީނުގެ ތެރެއިން ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.

މި ތަމްރީނުގެ ބައިވެރިންނާއި ފެސިލިޓޭޓަރުންނާއި މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވި، ދިމާވެފައިވާ ހަޤީޤީ ކޭސްތަކުގެ މިސާލުގެ ތެރެއިން، ބައިވެރިންނަށް މަސައްކަތުގައި ދިމާވާ އެކި ކަހަލަ އިޖުތިމާޢީ މައްސަލަތަކާއި އަދި ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތަކަށްވެސް މި ސެޝަންތަކުގައި އަލިއަޅުވާލެވުނެވެ.