logo
banner image
ދިފާޢީ ވުޒާރާ

ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހދ. ނޮޅިވަރަންފަރުގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހދ. ނޮޅިވަރަންފަރު ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއަދު ހެނދުނު 09:00 އިން 12:00 އަށް ނޮޅިވަރަންފަރު ސްކޫލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކުގެ އިތުރުން އަލިފާން ރޯވެއްޖެނަމަ އަލިފާން ނިވާނެގޮތުގެ ޢަމަލީ ތަމްރީނު ވަނީ އުނގަންނައި ދީފައެވެ. މި އެވެއާނަސް ޕްރޮގްރާމްގައި އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ތެރެއިން ޖުމްލަ 66 ފަރާތެއް ބައިވެރިވިއެވެ.

މި ޕްރޮގްރާމްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.