logo
banner image

ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމާއި ކުޑަކުދިންނާއި މުވާސަލާތު ކުރުމާއި ގުޅޭގޮތުން ސެޝަން ނަގައިދީފި

ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަންއިން އިސްވެ އެ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ހިންގި ތަމްރީނު ޕްރޮގްރާމުގައި ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމާއި ކުޑަކުދިންނާއި މުވާސަލާތު ކުރުމާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން 2 ސެޝަން ފެސިލިޓޭޓް ނަގައިދީފިއެވެ.

މިގޮތުން ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަނިޔާގެ ބާވަތްތަކާއި، ކުޑަކުއްޖަކަށް އަނިޔާ ލިބެމުންދާކަން ދެނެގަނެ، އެކަން ރިޕޯޓުކޮށް ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ފަރުދީ ޒިންމާ އަދާކުރުމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ކުޑަކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ނުކުރާނޭގޮތަށް އެކުދިންގެ އަޚުލާޤާއި ސުލޫކު ބައްޓަންކުރުމުގައި ގެންގުޅެވިދާނެ ހަރުދަނާ އުކުޅުތަކާއިމެދުވެސް މި ސެޝަންގައި މަޝްވަރާކޮށްފައިވެއެވެ.

އެއާއެކު، މުވާސަލާތުކުރުމުގެ ސެޝަންގައި އަލިއަޅުވާލާފައިވަނީ މުވާސަލާތު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތްގޮތުގެ މައްޗަށެވެ. އަދި ކުޑަކުދިންނާއި މުވާސަލާތު ކުރުމުގައި ޚާއްސަކޮށް ސަމާލުކަންދޭންވީ ކަންކަމާމެދުވެސް މަޢުލޫމާތު ހިއްސާކުރެވިފައިވެއެވެ.