logo
banner image
ދިފާޢީ ވުޒާރާ

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިރޭ 20:32 ގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ކުނިތަކުގައި ރޯވި އަލިފާން ނިއްވާލެވުނީ 21:04 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.