logo
banner image

އެމްޓީސީސީއާ ގުޅިގެން ކެރިއާ އެކްސްޕްލޯޝަން ޕްރޮގުރާމެއް ބައްވަނީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި އެމްޓީސީސީއާ ގުޅިގެން ކެރިއާ އެކްސްޕްލޯޝަން ޕްރޮގުރާމެއް ބައްވަން ނިންމައިފިއެވެ.

މި ޕްރޮގުރާމު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހުގެ 08:15 އިން 18:00އަށެވެ.

އެމްޓީސީސީގައި ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި އެމްޓީސީސީގެ ހެޑް އޮފިސް އަދި ވޯކް ސައިޓުތަކަށް މި ޕްރޮގުރާމުގެ ތެރެއިން ޒިޔާރަތްކުރެވޭނެއެވެ.

މި ޕްރޮގުރާމުގައި ބައިވެރިވެވޭނެ އުމުރުފުރާއަކީ އުމުރުން 16 އިން 35އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް މިމަހު 25 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ވަނީ ހުޅުވާލާފައެވެ.