logo
banner image
ދިފާޢީ ވުޒާރާ

އަޖިއަލް އިންޓަރނޭޝަނަލް ސްކޫލުން ކުރިއަށްގެންދިޔަ "ކޮމިއުނިޓީ ހެލްޕަރސް ޑޭ"ގެ ހަރަކާތުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ބައިވެރިވެއްޖެ

ހުޅުމާލޭގައި ހުންނަ އަޖިއަލް އިންޓަރނޭޝަނަލް ސްކޫލުން ކުރިއަށްގެންދިޔަ "ކޮމިއުނިޓީ ހެލްޕަރސް ޑޭ"ގެ ހަރަކާތުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ބައިވެރިވެއްޖެއެވެ.

އެ ސްކޫލުގައި އިއްޔެ ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެ ސްކޫލުގެ 90 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގައި އެފްއާރުއެސްގެ ސިފައިން ވަނީ، އެފްއާރުއެސްއިން ފޯރުކޮށްދެމުންދާ ޚިދުމަތާއި އަލިފާން ނިއްވުމުގައި ބޭނުންކުރާ ބައެއް އާލާތްތަކުގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

މި ހަރަކާތުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނެވެ.