logo
banner image

ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނަށް ހޮޓެލް ޖެންގެ ފަރާތުން ސާފުތާހިރުކަމާ ގުޅޭ ސެޝަނެއް ބާއްވައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނަށް ހޮޓެލް ޖެންގެ ފަރާތުން ސާފުތާހިރުކަމާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނުގައި ވަނީ ހޭންޑް ހައިޖީނާއި ޕަރސަނަލް ހައިޖީންއާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ.

މި ހަރަކާތް ވެގެންގޮސްފައި ވަނީ ކުދިންނަށް އުފާވެރި ވަގުތުކޮޅެއް ގެނެސްދިން ކާމިޔާބު ހަރަކާތަކަށެވެ. މި ފުރުޞަތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ކުދިންނަށް ޖެންގެ ފަރާތުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ.