މެލޭޝިއާ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާ ބައިވެރިޔާއާ ވަޒީރު ބައްދަލުކުރައްވައިފި.
އޮކްޓޫބަރު 5ން 12އަށް މެލޭޝިއާގައި އޮންނަ 64ވަނަ މެލޭޝިއާ އިންޓަރނޭޝަނަލް އަލްޤުރްއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ 1446/2024“ ޤުރްއާން މުބާރާތުގެ ރިސައިޓަލް ކެޓެގަރީގައި ރާއްޖެ ތަމްސީލުކުރާ ބައިވެރިއެއްގެ ގޮތުގައި ވާދަކުރުމަށް ހޮވިފައިވާ އިސްކަންދަރު ސްކޫލުގެ ގްރޭޑް 10 S6 ގެ ދަރިވަރު ފާޠިމަތު ޝާޔާ ޒާހިރާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ. ވަޒީރު ޑރ. ޝަހީމް ވަނީ މި ދަތުރުގައި އެ ދަރިވަރަށް ކާމިޔާބީއަށް އެދި ހިތްވަރުދެއްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޝާޔާ ޒާހިރަށް މަރުޙަބާވިދާޅުވެ، މުބާރާތުގައި ރަނގަޅު ވަނައެއް ހޯދާން މަސައްކަތްކުރުމަށް ހިތްވަރުދެއްވައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ޝާޔާ ޒާހިރުގެ ބެލެނިވެރީން ވެސް ވަނީ ބައިވެރިވެލައްވައިފައެވެ.