logo
banner image
ޚާރިޖީ ވުޒާރާ

‏ ޗިލޭގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ޗިލޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އަލްބާޓޯ ވޭން ކްލާވްރެން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‏"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ޗިލޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، މަނިކުފާނަށާއި ޗިލޭ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ އާއި ޗިލޭ އާ ދެމެދު އޮންނަ ގާތް ގުޅުމާއި ދެޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ބަދަހިވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެކެވެ.

‏‎އަދި މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ޗިލޭގެ ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަމެވެ."