logo
banner image

މީޑިއޭޝަން ސެޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޭސް ވަރކަރުންނަށް އަމާޒުކޮށް، ތަމްރީނު ސެޝަނެއް ބާއްވައިފި

މި ވުޒާރާއިން ހިންގާ މީޑިއޭޝަން ސެޝަންތައް އިތުރަށް ހަރުދަނާކޮށް، ސެޝަންތައް އިތުރަށް ފުރިހަމަކަމާއެކީ ގެންދާނެގޮތުގެ މަޢުލޫމާތުދިނުމުގެ ގޮތުން ކޭސް ވަރކަރުންނަށް އަމާޒުކޮށް، ތަމްރީނު ސެޝަނެއް މިވުޒާރާގެ ޓްރެއިނިންގ ޑިޕާޓްމަންޓުން ކުރިއަށް ގެންގޮސްފިއެވެ.

މީޑިއޭޝަނާ ބެހޭ މި ސެޝަނުގެ މަޤްޞަދަކީ، މީޑިއޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކޭސް ވަރކަރުންނަށް، މީޑިއޭޓަރުން ޢަމަލުކުރަންޖެހޭނެ ގޮތް ސާފުކޮށްދިނުމެވެ.

މީގެ އިތުރުން، މި ސެޝަންގައި ވަނީ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން މެތަޑްސްތަކަށްވެސް އަލި އަޅުވާލާފައެވެ. މީގެ އިތުރުން މީޑިއޭޝަންތަކުގައި މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންކުރެވޭނެ އުކުޅުތަކަށްވެސް މި ސެޝަނުގައި ވަނީ އަލިއަޅުވާލާފައެވެ.

އެއާއެކު، މައްސަލަތައް ހައްލުކުރުމުގައި ކްލައިންޓުގެ ލާބައަށް މަސައްކަތްކުރުމުގެ މުހިންމުކަމާއި، މީޑިއޭޓަރެއްގެ ހައިސިއްޔަތުން އެކްޓިވް ދައުރެއް އަދާކުރުމުގެ މުހިންމުކަމަށްވެސް ސެޝަނުގެ ތެރެއިން އަލިއަޅުވާލެވުނެވެ.