logo
banner image

އައި.އެފް.އޭ.ޑީގެ ޕާޝަލް ސުޕަވިޝަން މިޝަން (ޕީ.އެސް.އެމް) އިން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އައި.އެފް.އޭ.ޑީގެ ޕާޝަލް ސުޕަވިޝަން މިޝަން (ޕީ.އެސް.އެމް) އިން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަސަން ދީދީގެ އިތުރުން މިނިސްޓްރީގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިފާޑުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ކަންޓްރީ ޑިރެކްޓަރ މިސް ޝެރީނާ ތަބައްސުމް، ޓީމް ލީޑަރ މިސްޓަރ ނައިޖެލް ސްމިތު އަދި އެގްރިބިޒްނަސް ސްޕެޝަލިސްޓް މިސްޓަރ ޖެންސް ކްރިސްޓެންސެންއެވެ. މި ބައްދަލުވުމުގައި މެޕް ޕްރޮޖެކްޓްގެ ކުރިއެރުމާއި ކުރިއަށް ގެންދާނެ ގޮތާ މެދު މަޝްވަރާކުރެވުނެވެ.