logo
banner image
ބަންޑާރަ ނައިބުގެ އޮފީސް

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ އަލަށް ޙަވާލުވެވަޑައިގަތް އަލްއުސްތާޛު ޢައްބާސް ޝަރީފާ ބައްދަލުކުރައްވައިފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ އަލަށް ޙަވާލުވެވަޑައިގަތް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފާ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ބަންޑާރަނައިބުގެ އޮފީހުގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ އަލްއުސްތާޛު ޢައްބާސް ޝަރީފަށް މަރުޙަބާ ދަންނަވާފައެވެ.

‎މި ބައްދަލުވުމުގައި ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ މުއައްސަސާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

އޭގެ އިތުރުން، ބަންޑާރަނައިބު އުޝާމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް އަލްއުސްތާުޛު ޢައްބާސް ޝަރީފަށް ހިތްވަރު ދެއްވާފައެވެ.