logo
banner image

ގއ. ވިލިނގިލި ހައުސިން ޔުނިޓު މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

ގއ. ވިލިނގިލީގައި ސަރުކާރުން ކުރިއަށްގެންދާ 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތުގެ 53 އިންސަތަ މަސައްކަތް ނިމިއްޖެއެވެ.

ޑިޒައިނިން އެންޑް ބިޑް އުސޫލުން ކުރިއަށްގެންދާ އެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ ޖޫން މަހު ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ވިލިނގިލީގައި 50 ހައުސިން ޔުނިޓް އަޅަން ދޮންބޭޒްއާ ހަވާލުކޮށްފައިވަނީ 49 މިލިއަން ރުފިޔާގެ އަގަކަށެވެ.

މި ހައުސިން ޔުނިޓުތައް އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގަ އެވެ. ތިން ކޮޓަރާއި ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ކޮންމެ ރޯ ހައުސެއްގައި ހުންނާނެއެވެ

އެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ޤާއުމުކުރާނެއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ބޭރު ފެންނާނެހެން ބެލްކަންޏެއް ވެސް ހުންނާނެއެވެ.