logo
banner image
ދިފާޢީ ވުޒާރާ

ދިފާޢީ ވަޒީރު ޗައިނާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން, ޗައިނާގެ މިނިސްޓަރ އޮފް ނޭޝަނަލް ޑިފެންސް, އެޑްމިރަލް ޑޮންގ ޖުންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު ޗައިނާގައި ކުރިއަށްދާ “11 ވަނަ ބެއިޖިންގ ޝިއަންގޝަން ފޯރަމް”ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

“11 ވަނަ ބެއިޖިންގ ޝިއަންގޝަން ފޯރަމް”ގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.