logo
banner image
ތަޢުލީމީ ވުޒާރާ

މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ޖަލްސާގެ ތިންވަނަ ދަންފަޅި 149 ދަރިވަރުންނާއެކު!

2022-2023 ވަނަ އަހަރުގެ "މަތީ އަރުތަވެރީންގެ އިނާމު" ދިނުމުގެ ޖަލްސާގެ ތިންވަނަ ދަންފަޅި 149 ދަރިވަރުންނާއެކު ބާއްވައިފިއެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބޭއްި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަންފަޅީގައި އިނާމު ހަވާލުކޮށްދެއްވާފައިވަނީ މަތީ ޘާނަވީ ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގައުމީ ގަދަ 10 އެއްގެ 5 ، 4، 3، 2 އަދި 1 ވަނަ ހޯދި ދަރިވަރުންނަށާއި ދުނިޔޭގެ ފެންވަރުގައި ވަކި ވަކި މާއްދާތަކުން ދުނިޔޭގެ 1 ވަނަ ހޯދި ދަރިވަރުންނަށެވެ.

3 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޖަލްސާގައި ޖުމްލަ 441 ދަރިވަރަކު ވަނީ "މަތީ އަރުތަވެރީންގެ އިނާމު" ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު މަތީ ޘާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޤައުމީ ގަދަ 10 ގައި ހިމެނުނު 376 ދަރިވަރުންނާއި، ޘާނަވީ އާއި މަތީ ޘާނަވީ ނިންމާ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަތައް ހޯދި 65 ދަރިވަރުންނެވެ.

މި ޖަލްސާގެ ތިން ދަންފަޅިވެސް ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ މި ޖަލްސާ އިތުރަށް ފުރިހަމަވެ، ހާއްސަވެގެންދިޔަ ކަމެކެވެ. އަދި ދަރިވަރުންގެ ތައުލީމާއި ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުގެ އަލިގަދަ ހެއްކެކެވެ.