logo
banner image

ޓްރޭޑިއަން ޕްލެޓްފޯމްގެ ތަމްރީން ސެޝަންތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޓްރޭޑްނެޓުން ވަނީ ޓްރޭޑިއަން ޕްލެޓްފޯމް ބޭނުންކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން ޓްރޭޑިއަން ތަމްރީންތަކަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް މިއަދުން ފެށިގެން ރަޖިސްޓަރީވުމަށް ވަނީ ހުޅުވާލާފައެވެ. މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކުރެވިފައެވެ.

މި ތަމްރީން ސެޝަންތަކަކީ ޝިޕިންގ އޭޖެންޓުން، ފްރައިޓް ފޯވާޑަރުން، އިމްޕޯޓަރުން، އެކްސްޕޯޓަރުން އަދި ކްރޮސް ބޯޑަރ ރެގިއުލޭޓަރީ އޭޖެންސީތަކަށް (ސީބީއާރްއޭ) ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ ސެޝަންތަކެކެވެ. މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ބައިވެރިންނަށް ޓްރޭޑިއަން ޕްލެޓްފޯމް ފަސޭހަކަމާއެކު ބޭނުންކުރަން ދަސްކޮށްދީ، އެ ޕްލެޓްފޯމްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމެވެ.

ޓްރޭޑްނެޓުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ތަމްރީން ސެޝަންތަކަކީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ ތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ސެޝަންތަކެކެވެ. އަދި މި ސެޝަންތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޓްރޭޑިއަން ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ. ތަމްރީން ސެޝަންތަކާ ގުޅޭ އިތުރު މަޢުލޫމާތު، ތަމްރީނު ސެޝަންތަކުގެ ތަފްސީލް، ޝެޑިއުލް، ބައިވެރިންގެ ޝަރުތުތައް އަދި ސެޝަންތަކުގައި ހިމެނޭ މައުޟޫތަކުގެ މަޢުލޫމާތު ގެޒެޓްގައި ޝާއިޢުކޮށްފައިވެއެވެ.

މި ތަމްރީން ސެޝަންތަކުގެ ސަބަބުން ޓްރޭޑިއަން ޕްލެޓްފޯމް ބޭނުންކުރުމަށް ފަރިތަވެ، އެ ޕްލެޓްފޯމް މެދުވެރިކޮށް މަސައްކަތްކުރާނެ ގޮތް ދަސްވެގެންދާނެއެވެ. މިއީ ޓްރޭޑިއަންއަށް ތައްޔާރުވުމުގެ މުހިންމު ފިޔަވަޔަވަޅެއްގެ ގޮތުގައި ޓްރޭޑްނެޓުން ފާހަގަކުރެވެއެވެ.