logo
banner image
ތަޢުލީމީ ވުޒާރާ

ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅާއެކު ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "މަތީ އަރުތަވެރީންގެ އިނާމު 2022-2023" ޖަލްސާގެ ފުރަތަމަ ދަންފަޅީގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ އޯލެވެލް އަދި އޭލެވެލްއިން ފާސްވާކުދިންގެ އަދަދު އިތުރުކުރަން ބޭނުންވާނަމަ، ޕްރައިމަރީ ގްރޭޑްތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރަން ޖެހޭކަމަށެވެ. އަދި ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން، ހަރަދުކުރެވޭ ފައިސާގެ އަދަދު ސެކަންޑަރީ ގްރޭޑްތަކަށް ވުރެ މަދުކަމަށާއި، ޒަމާނުއްސުރެ ޕްރައިމަރީ ގްރޭޑަށް ދެވިފައި އޮތް އަހަމިއްޔަތުކަން ވެސް ކުޑަވެފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ކޮންޓެކްސްޓްގައި ހެދިފައި ހުރި ދިރާސާތަކަށް ބަލާއިރުގައިވެސް ދަރިވަރުންގެ ސެކަންޑަރީ އެޓެއިންމަންޓަށް، އެންމެ ބޮޑު އަސަރެއް ކުރާ ކަމަކީ ދަރިވަރުންގެ ޕްރައިމަރީ ނަތީޖާކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

"ގައުމު އާރާސްތުކުރުމުގައި އެންމެ މުހިންމު ކަމެއް ކުރެވޭނީ ހަގީގަތުގައިވެސް ދެވޭ ތައުލީމުގެ ފެންވަރުގެ މަތިކޮށްގެން. މީ އަޅުގަނޑުމެން އެންމެން އެކީ އެކުގައި ކުރަން ޖެހޭ މަސައްކަތެއްކަން އަޅުގަނޑު ފާހަގަކުރަން." މިނިސްޓަރ ވިދާޅުވިއެވެ.