logo
banner image
ތަޢުލީމީ ވުޒާރާ

މަތީ އަރުތަވެރީންގެ އިނާމު 2022-2023 މި މަހު 12 ގައި!

2023-2022 ވަނަ ދިރާސީ އަހަރު ބޭއްވި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމުގެ ޖަލްސާ، 12 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

3 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. އަދި މި 3 ދަންފަޅިވެސް ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިދިޔަ އަހަރު މަތީ ޘާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ވަނީ ހިމެނިފައެވެ. އަދި ޡާނަވީ ނިންމާ އިމްތިޙާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުން މި ޖަލްސާގައި އިނާމު ޙާޞިލުކުރާނެއެވެ.