logo
banner image
ތަޢުލީމީ ވުޒާރާ

ކްލަބް މޯލްޑިވްސް ކްލެސިކްގައި ވާދަކުރާ "ތަޢުލީމީ ގުޅުން" ޓީމަށް ޖަރޒީ ހަވާލުކޮށްދެއްވައިފި

ކްލަބް މޯލްޑިވްސް ކްލެސިކް 2024 ގައި ވާދަކުރާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ "ތަޢުލީމީ ގުޅުން" ޓީމަށް، މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ޖަރޒީ ހަވާލުކޮށްދެއްވައިފިއެވެ.

މިއަދު މިކަމަށް ޙާއްޞަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ގުޅުމަކީ ދަޢުލަތުގެ މުވައްސަސާއެއްގައި އޮންނަ މިފަދަ އެންމެ ބޮޑު ކްލަބް ޖަމްޢިއްޔާ ކަމަށާއި އެހެންކަމުން، ކުޅިވަރު ކުޅުމުގައިވެސް ނަމޫނާ ދައްކަން ޖެހޭނެކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވާ، ފާހަގަކުރެވޭ ވަރުގެ ކާމިޔާބީއެއް ހޯދުމަށް އެދިވަޑައިގެންނެވިއެވެ.

މި މުބާރާތުގައި 'ތަޢުލީމީ ގުޅުން" ޓީމުން ކުޅޭ ފުރަތަމަ މެޗްގައި ވާދަކުރާނީ ފެހި ފަހި ކްލަބްއާ ދެކޮޅަށެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 23:00 ގައި ރެހެންދި ފުޓްސެލް ގްރައުންޑްގައެވެ.