އެންޑީސީ 3.0 އިސްލާހުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮއްފި
މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރޮމެންޓް އެންޑް އެނާރޖީ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ 3.0) އިސްލާހުކުރުމުގެ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.
އެމްއެންއެސްޑީއޭގައި ބޭއްވި މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން މިހާރު (އެންޑީސީ 3.0) އަށް ގެންނަންޖެހޭ މުޙިއްމު ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ 3.0) އަކީ ދިވެހިރާއްޖޭގެ މޫސަމަށް އަންނަ ބަދަލުތަކާއި އޭގެ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކޮށް، ގުދުރަސީ ވަސީލަތްތަށް ހިމާޔަތްކުރުމުގެ ގޮތުން ދިވެހި ދައުލަތުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަށް ހިމެނޭ ޕްލޭންއެކެވެ.
މި ބައްދަލުވުމުގައި،އެމްއެންއެސްޑީއޭގެ ފަރާތުން އެ އިދާރާގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރޮމެންޓް އެންޑް އެނާރޖީގެ ފަރާތުން ވެސް އެ ވުޒާރާގެ ބައެއް އިސް ބޭފުޅުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.