logo
banner image

ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ބަންޑާރަނައިބުގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވަނީ ބަންޑާރަނައިބުގެ މަޤާމާ އަލަށް ޙަވާލުވެވަޑައިގަތް އަލްއުސްތާޛު އަޙްމަދު އުޝާމަށް މަރުޙަބާ ދަންނަވާފައެވެ. އަދި ބަންޑާރަނައިބުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ހިތްވަރު ދެއްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛު އަނިލް ޒިޔާރަތް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.