logo
banner image

އިކޮނޮމިކް އެންޑް ސޯޝަލް ސަރވޭ އޮފް އޭޝިއާ އެންޑް ދަ ޕެސިފިކް 2024 އާއި ގުޅޭ ޕޮލިސީ ޑައިލޮގް

ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކޭޕް) އާއި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް (އެމްއެޗްއެލްޔޫޑީ) ގުޅިގެން ބާއްވާ ޕޮލިސީ ޑައިލޮގް މިއަދު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ވަނީ ބާއްވާފައެވެ.

މި އިވެންޓްގައި އެސްކެޕްއިން ހަދާފައިވާ "އިކޮނޮމިކް އެންޑް ސޯޝަލް ސާވޭ އޮފް އޭޝިއާ އެންޑް ދަ ޕެސިފިކް 2024" ގެ މައިގަނޑު ހޯދުންތައް ވަނީ ކިޔާދީފައެވެ.

މި ސަރވޭއިން ދައްކާގޮތުގައި ދައުލަތައް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ ކަންކަން ހަރުދަނާކުރުމުގެ ސަބަބުން ފިސްކަލް ރިސޯސަސް މޮބިލައިޒްކޮށް، ފިސްކަލް ރިސްކް ކުޑަކުރުމަށް އެހީތެރިވެދެއެވެ. ޓެކްސްނެގުމުގެ މަސައްކަތް ޑިޖިޓަލައިޒް ކުރުމުގެ އިތުރުން، ޓެކްސް ދެއްކުމަށް މުޖުތަމައުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން ބޭނުން ނުކުރެވޭ ފުރުޞަތުތައް ލިބިގެންދެއެވެ.

މި އިވެންޓް ފެށުމުގެ ގޮތުން މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިޤްތިސާދީ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ޤައުމަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދަށްވުރެ ބޮޑު ޚަރަދެއް ދަރަނި ކުޑަކުރުމަށްކުރަން ޖެހިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މި އިވެންޓްގެ މަޤްޞަދަކީ ސަރުކާރުގެ ދަރަނި ކުޑަކުރުމަށާއި، ތަރައްޤީގެ ބޭނުމަށް ދިގު މުއްދަތުގެ ކެޕިޓަލް ސަޕްލައި އިތުރުކުރުމަށް ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މިގޮތުން މި އިވެންޓްގައި އެސްކެޕްގެ ފަރާތުން ސަރވޭ ގެ ނަތީޖާ ވަނީ ހުށަހަޅާފައެވެ. އަދި މިނިސްޓްރީ އޮފް ފައިނޭންސް، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއިން ވަނީ ޕްރެޒެންޓޭޝަން ހުށަހަޅާދީފައެވެ.