ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރަނީ
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފް ކުރުމުގެ މަސައްކަތް .ޓްރާންސްޕޯޓް މިނިސްޓްރީން އެބަ ކުރަމުންދެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޓެކްސީގެ އަގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ މީޓަރު ޓެކްސީ ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމާއިގުޅޭ ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އަދި މީޓަރު ޓެކްސީ ތައާރަފް .ކުރުމަށް ރައްޔިތުންގެ އިތުރުން ޓެކްސީ ޑްރައިވަރުން ވެސް ބޭނުންވާ ކަމަށެވެ
މީޓަރު ޓެކްސީ ތައާރަފް ކުރުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކާއިއެކު ބައްދަލުވުންތައް ބާއްވައި މަޝްވަރާކޮށްފައިވާކަންފާހަގަކުރައްވައި ޓްރާނަސްޕޯޓް މިނިސްޓްރީން ވިދާޅުވީ މީޓަރު ޓެކްސީ ތައާރަފް ކުރުމަށް ފްރޭމް ވޯކެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ
.
މިގައުމު އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީވަމުންދާއިރު، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާން ޖެހޭ ކަމަށް ސަރުކާރުން ގަބޫލްފުޅުކުރައްވައެވެ. އެގޮތުން ސަރުކާރުގެ ވިސްނުންފުޅަކީ އެންމެފަހުގެ ޓެކްނޮލޮޖީއާއެކު މީޓަރުގެ ޓެކްސީއާއެކު ކުރިއަށް ދިއުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.
ޓެކްސީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއާ ހިލާފަށް ޚާއްސަކޮށް މިހާރު ވަރަށް ގިނަ މަސައްކަތްތައްޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުން އެބަދެއެވެ. އެގޮތުން ވަކި އިންތިޒާމެއްގެ ތެރެއިން މަސައްކަތްތައް ކުރިއަށްދާކަން ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
އެގޮތުން ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދާ ޓެކްސީ ސެންޓަރުތައް ބަލަމުންދާ ކަމަށާއި، ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ޓެކްސީތައް ވެސް ފާހަގަކުރަމުގެ މަސައްކަތް މިހާރު ކުރިއަށްދެވެ. އަދި ޚާއްސަ ކޮމެޓީއެއްގެ ދަށުން ޓެކްސީއާ ގުޅޭގޮތުން އާއްމު ރައްޔިތުން ހުށަހަޅާ ޓެކްސީތަކުގެ މައްސަލަތައް ބަލައި ފިޔަވަޅުއަޅަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަނގަޅަށް ރެގިއުލޭޓް ކުރެވުމުން މައްސަލަތައް މަދުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވ