logo
banner image

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ އިސްބޭފުޅުންނާއި ށ. ގޮއިދޫ ކައުންސިލްގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ށ. ގޮއިދޫ ކައުންސިލުން މި މިނިސްޓްރީ އާއި ގުޅިގެން އެރަށުގައި ހިންގަންބެނުންވާ، މީހުން ބިނާކުރުމުގެ ޕްރޮގްރާމްތަކާއި ގުޅޭގޮތުންނާއި ، ހުރި ފުރުސަތުތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މި މިނިސްޓްރީގެ ފަރާތުން ސްޓޭޓްމިނިސްޓަރ ޑރ އަބްދުﷲ ނަޒީރު އާއި މިނިސްޓްރީގެ ޕީއެސް ބައިވެރިވެވަޑައިނެވިއެވެ. އަދި ށ. ގޮއިދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސްގެ އިތުރުން މެންބަރަކާއި ކައުންސިލްގެ އެސްޖީ ބައިވެރިވެވަޑައިނެވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އަންނަނީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ތަފާތު އެކި ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. މިގޮތުން މި މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން އެ ރަށްރަށުގައި ތިބެގެން ތަފާތު މަސައްކަތްތެރިކަމުގެ ކުރު ކޯސްތައް ހެނދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.