logo
banner image

ދ.އަމާންވެށި ކުދިންނަށް، ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

ދ.ކުޑަހުވަދޫ، ދ.އަމާންވެށި ކުދިންނަށް، އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

ދ.އަތޮޅު ޢާއިލާތަކާއި ކުޑަކުދިންނަށް ޚިދުމަތްދޭ މަރުކަޒުގެ އެދިލެއްވުމަކަށް ދ.ކުޑަހުވަދޫގައި މިއަދު ކުރިއަށްގެންދިޔަ މި ސެޝަނުގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ މުހިންމު މައުލޫމާތުގެ އިތުރުން އަލިފާން ނިއްވާ ލޮރީގެ ބައިތަށް ދައްކާލުން ހިމެނެއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ މުދައްރިބުން ނަގައިދިން މި ސެޝަނުގައި، ދ.އަމާންވެށީގެ 13 ކުދިން ބައިވެރިވިއެވެ.