logo
banner image

އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ތަމްރީނު ޕްރޮގްރާމް މިއަދު ފަށައިފި

އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ތަމްރީނު ޕްރޮގްރާމު މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ. މި ޕްރޮގްރާމަކީ މުވައްޒަފުން ތަމްރީންކުރުމަށް މިއަދު ފެށުނު މަސައްކަތުގެ ފުރަތަމަ ފިޔަވަހިކަމަށް ވާއިރު، މިކަން ފަށާފައިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި އެ ވުޒާރާގެ އިދާރާތަކުގެ މުވައްޒަފުންނާ އެކުގައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި އަލިއަޅުވާލަނީ 2027ވަނަ އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޤައުމީ މަޝްރޫޢުގެ ތެރެއިން، 2027ވަނަ އަހަރަށް ކަނޑައަޅާފައިވާ 24 ސިފައަށެވެ. މި 24 ސިފަ ހަތަރު ބަޔަކަށް ބަހާލައިގެން ޕްރޮގްރާމް ކުރިއަށް ގެންދަވަނީ މި ވުޒާރާގެ އިދާރާއެއް ކަމަށްވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ހަތަރު އިސްވާރުންނެވެ.

ޕްރޮގްރާމް ފަށާފައިވަނީ އިސްލާމީ އަދަބު އަޚުލާޤުގެ މުހިންމު ހަތް ސިފައަކުންނެވެ. އެ ސިފަތަކުގެ ތެރޭގައި:

• ވަގުތަށް ޙުރުމަތްތެރިކޮށް ހިތުން

• އެކަކު އަނެކަކާ ބައްދަލުވާ ހިނދު ހިނިތުންވުމާއެކު ބައްދަލުކުރުން

• ސަލާމް ގޮވައިލުން އާދައަކަށް ހެދުން

• އޯގާތެރިކަމާއެކު މުޢާމަލާތުކުރުން

• މީސްމީހުންގެ އަބުރު ގެއްލޭ ފަދަ ވާހަކަ ނުދެއްކުން

• ސިއްރު ހިފެހެއްޓުން

• މާފުކުރުމާއެކު ހިތްހެޔޮކަމާއެކު ވާހަކަ ދެއްކުން ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން، ޑިސެންބަރު މަހާ އެކު ވީހާވެސް ފުޅާ ދާއިރާއެއްގައި މާލެ އާއި އަތޮޅުތެރޭގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެ ތަމްރީނުތަކަށް ފަހު، އޭގެ ތެރެއިން މަންދޫބުންނާއި މުދައްރިބުން ކަނޑައަޅާނެއެވެ. އަދި އޮފީސްތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގައި އިތުރަށް އެ ތަމްރީނުތައް ފޯރުކޮށްދޭނީ އެ މަންދޫބުންނާއި މުދައްރިބުންނެވެ.

މިއަދު ހެނދުނު ފެށި މި ސެޝަން ނިންމާލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ.