ޔޫ.އޭ.އީގެ އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ޚާއްޞަ ސެމިނާރެއް ބާއްވައިފި
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން، ދިވެހިރާއްޖޭގައި ހުންނަ ޔޫ.އޭ.އީ އެމްބަސީއާއި އެ ޤައުމުގެ މިނިސްޓްރީ އޮފް އިންވެސްޓްމަންޓާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭ ވާޗުއަލް ސެމިނާރެއް ބާއްވައިފިއެވެ.
މި ސެމިނާރުގައި ޔޫ.އޭ.އީގެ އިޤްތިޞާދީ ކުރިމަގާއި، އެ ޤައުމުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ އިތުރުން، ބޭރުގެ އިންވެސްޓަރުންނަށް އިސްކަންދޭ ދާއިރާތަކާއި އެ ފަރާތްތަކަށް ލިބިދޭ އިނާޔަތްތަކާއި ލުއިފަސޭހަތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެއިތުރުން، މިއީ ދިވެހި ވިޔަފާރިވެރިންނަށް ޔޫ.އޭ.އީގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް، ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.
