އޮކްޓޯބަރ މަހު ވުޒާރާގެ ހެލްޕްލައިންއަށް ލިބިފައިވާ ކޯލުތަކުގެ އަދަދު
2026 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2324 ކޯލު ވަނީ ލިބިފައެވެ.
އެގޮތުން، މި ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1775 ކޯލު ވަނީ ލިބިފައެވެ.
ހަމައެހެންމެ، މި ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 549 ކޯލު ވަނީ ލިބިފައެވެ.
