މި އަހަރު އޮކްޓޯބަރ މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅުންހުރި މައްސަލަތަކުގެ ތަފާސްހިސާބުތައް
2026 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް، އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 11 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުން އަޅާލައި ބެލެހެއްޓުމުގެ 04 މައްސަލަ، ނާޒުކު ފަރާތްތައް/ ޢާއިލާތައް އަޅާލައި ބެލެހެއްޓުމުގެ 04 މައްސަލަ، މާލީ ފޯރުންތެރިކަން ނެތް ފަރާތަކަށް/ އާއިލާ އަޅާލައި ބެލެހެއްޓުމުގެ 02 މައްސަލަ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 01 މައްސަލައެވެ.
އޮކްޓޯބަރ މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އަޅާލުމާއި އެހީތެރިވުމާއި ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންގެ 03 މައްސަލައާއި އަންހެނުންގެ 08 މައްސަލައެވެ.
