މި އަހަރު އޮކްޓޯބަރ މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އާއިލީ މައްސަލަތަކުގެ ތަފާސްހިސާބުތައް
2026 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ޢާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކުދިން ބެލުމުގައި ޖެހޭ މައްސަލައިގެ 20 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލައިގެ 09 މައްސަލަ އަދި ހަޟާނާގެ މައްސަލައިގެ 04 މައްސަލައެވެ.
ޢާއިލީ މައްސަލަތަކުގެ ތެރޭގައި ޖުމްލަކޮށް ހިމެނެނީ، އަންހެން ކުދިންގެ 11 މައްސަލައާއި ފިރިހެން ކުދިންގެ 22 މައްސަލައެވެ.
