ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
22 އޮކްޓޯބަރަކީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ދުވަހެވެ. އެގޮތުން 2025 ން 2026 އަށް ޒުވާނުންގެ އިނާމުގެ ގޮތުގައި ތަފާތު 22 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
1. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ
2. ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ
3. އާރޓްސް އެންޑް ކަލްޗަރ - ފަންނުވެރިކަމާއި ޘަޤާފަތްދިރުވުމުގެ ދާއިރާ
4. މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ
5. ހުނަރުވެރި މަސައްކަތްދަސްކޮށްދިނުމުގެ ދާއިރާ (ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ)
6. ނަފްސާނީގޮތުން ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
7. ތިމާވެށީގެ ދާއިރާ
8. މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުމުގެ ދާއިރާ (ޖެންޑަރ އީކުއަލިޓީ)
9. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
10. ދިވެހިބަސް ދިރުވާ އާލާ ކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
11. ދިރާސާކުރުން އަދި އައު އުފެއްދުންތަކުގެ ދާއިރާ (ރިސާރޗް އެންޑް އިނޮވޭޝަން)
12. ފަތުރުވެރިކަމުގެ ދާއިރާ
13. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ދާއިރާ
14. ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ދާއިރާ
15. ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ(ޔޫތު އިންކޫސިވިޓީ)
16. ދީނީ ދާއިރާ
17. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރުމުގެ ދާއިރާ
18. ދަރުމަވެރިކަމުގެ ދާއިރާ (ވޮލަންޓިއަރިޒަމް)
19. މަސްވެރިކަމުގެ ދާއިރާ
20. ހަށިހެޔޮދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
21. ދަނޑުވެރިކަމުގެ ދާއިރާ
22. ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ
މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 31 ޑިސެމްބަރ ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށެވެ.
ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް: https://shorturl.at/6RwO0 އަދި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ، ވެލާނާގެ 3 ވަނަ ފަންގިފިލާ މެއިން ރިސެޕްޝަންއިން ލިބެން ހުންނާނެއެވެ.
އެޕްލިކޭޝަން ބަލައިގަންނަން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށައެޅޭނެއެވެ.
