logo
banner image

ތ. އަތޮޅު މަދަރުސާގެ މުވައްޒަފުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ޒިޔާރަތްކޮށްފި

ތ. އަތޮޅު މަދަރުސާގެ މުވައްޒަފުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ލ.ކައްދޫއަށް ޒިޔާރަތްކޮށްފިއެވެ.

މިއީ ތ. އަތޮޅު މަދަރުސާގެ މުވައްޒަފުން، ނޮވެންބަރު 19އިން 21އަށް، ލ. ގަމަށް ކުރަމުންދާ ދަތުރުގެ ތެރެއިން ކުރި ޒިޔާރަތެކެވެ.

އެ މަދަރުސާގެ 40 މުވައްޒަފުން ބައިވެރިވި މި ޒިޔާރަތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާ ބެހޭގޮތުން އެ މުވައްޒަފުންނަށް މަޢުލޫމާތު ފޯރުކޮށްދީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގެ ބައެއް މަރުކަޒުތައް ބަލާލުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.